ފުލުހުންގެ މަސައްކަތަށް "ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ހަރުކޮށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި މިހާރު ކެމެރާ ހަރުކޮށް، އެ ޓެކްނޮލޮޖީ ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

އަދި ގައިގައި ހަރުކުރާ ކެމެރާއަކީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ވަސީލަތެއްކަމާއި ހަމީދު އާންމުންނާ މުއާމާލާތް ކުރުމާއި، ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާ ކަމަށްވެސް ހަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުން ގައިގައި ހަރުކުރާ ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ ޓްރަޔްލަކަށް ވީއިރު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު ބޮޑީ ކެމެރާ ބޭނުންކުރުން ފުޅާކުރުމުގެ ވިސްނުން ހުރިކަމަށް ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.