އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެެއް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 21:20 ހާއިރު ފުލުހުންނަށް ހުށަހަޅަފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ހެނދުނު 09:50 ހާއިރު ކޯޓު އަމުރުގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ. އުމުރުން އެންމެ 17 އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ކޮށްފައިވައިރު، މި މަހު އުމުރުން 15 އަހަރުގެ ކުއްޖަކަށް ރޭޕް ކުރި މައްސަލައެއްވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބޮޑު ތަހުގީގު ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރުމާއި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިވަނީ އިތުރުވެގެން ގޮސްފައެވެ.