މަަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާއިން 2 ދިވެހިން ހައްޔަރުކޮށްފި ކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތް މީހުންނެވެ. އަދި އޭގެތެރޭގައި ދެ ދިވެއްސަކު ހިމެނޭ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.ލަންކާގެ ނޫސްތަކުގައި ރިޕޯޓު ކުރާ ގޮތުގައި މި މީހުން އަތުލައިގެންފައި ވަނީ 40 މިލިއަން ރުޕީސް ނުވަތަ 3 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެވެ.އަދި މި މީހުންނާއެކު މިމީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކުރެއެވެ.

ލަންކާ ފުލުހުންގެ ނާކޯޓިކްސް ބިއުރޯއިން މި މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހިންގި ރެއިޑެއްގައެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މައުންޓު ލެވީނިއާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ނޫސްތަކުން ރިޕޯޓު ކުރެއެވެ.