ކ. ރިހިވެލި ރިސޯޓް ކައިރިއަށް ސްނޯކަލިންއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ 48 އަހަރުގެ ޔުކެރޭންގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ ގެނބިގެން މިއަދު ހެނދުނު 11:39 ކަންހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފަހުން ވަނީ ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށައި ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާ މަރުވެފައިވަނީ ފިޓް ޖެހިގެން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ޑައިވިން އަށްދާ ފަތުރުވެރިންނާއި އެހެނިހެން މީހުން މަރުވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު ރާއްޖޭގައި މިހާރަކަށް އައިސް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.