ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާއިން އަނިޔާވެރިކަމުގެ ވާހަކަ ދައްކާ އަޑު އައްސަވަން އުނދަގޫފުޅުވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި މުޅި ޖީލު ވަނީ އެއްކޮށް ޖަލުގައި ތަޅާ އަނިޔާކޮަށްފައެވެ. އަދި އަދަބު ދީފައިވާ މިންވަރު ނޯޓުކުރާ "ލޮގު ފޮތެއް" ގައި އެކަމަށް ވަރަށް ފަރުވާތެރިވެގެން، އެމީހުން ކުރި ލާއިންސާނީ އަމަލުތަށް ނޯޓުކޮށް ލިޔުންތަށް ބަހާފައި ކަމަށެވެ.

އަދި މައުމޫނުގެ އާއިލާގެ ބޭފުޅުން އެވާހަކަ ނުދައްކަވާ ތިއްބެވުން ރަނގަޅު ކަމަށާ ރައީސް ނަޝީދުގެ ބޭފުޅުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ގޮތަށް ކަންތަށް ނުކުރެއްވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވާއިރު ގިނަ ބަޔަކު ދަނީ ނަޝީދަށް ފާޑު ކިޔަމުންނެވެ.

ރޭގެ ޖަލްސާއިން ފެނިގެން ދިޔަ ހުސް ގޮނޑިތަކަކީ ކޯލިޝަން ރޫޅި ސަރުކާރު، ރައްޔިތުން ބޭނުންވާގޮތަށް އިންސާފާއެކު ކުރިއަށް ނުދާ ކަމުގެ މިސާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.