އަލަށް ވަޒީފާއަކަށް ދިއުމުގެ ކުރިން "އިންޓާން" އަށް "ޕްރޮގްރާމިން" ދަސްކޮށް މަސައްކަތް ދަސްކުރަން އެސްޓިއޯއިން ފުރުސްތެއް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ ޕްރޮގްރާމިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފެށުމަކަށް ވާނެ ކަމަށެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އައިޑީކާޑުގެ ކޮޕީއާއި "ސީވީ" ފޮނުވައިދިނުމަށް އެދިފައިވެއެވެ.