ޕާކިސްތާނުގެ ކަރާޗީގެ ކިއާމާރީއޭ ކިއުނު ސަރަހައްދަށް ގޭސް ލީކުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް އަރާ، އިތުރު އެތައް ބަޔަކަށް އެކިކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ބައޮލޮޖިކަލް ޓީމުން މިހާރު ދަނީ، ވީނުވީއެއް ނޭނގި މި ސަރަހައްދަށް ގޭސް ލިކުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގުތަކާ ދިރާސާތައް ކުރަމުންނެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެން އެކަށީގެންވެއެވެ. އެހެނީ ގިނަ ބަޔަކަށް ގޭހުގެ އަސަރުކޮށްގެން އެކި ކަހަލަ އުނދަގޫތައް ވަމުންދާތީއާއި، ގިނަ ބަޔަކު ހޭނެތެމުންދާތީކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން 100އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.