"މާލެ ހޮސްޕިޓަލްސް ގަވާނިން ބޯޑް"ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ "މާލެ ހޮސްޕިޓަލްސް ގަވާނިން ބޯޑް"ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލު ކުރުމަށްފަހު މުޅިން އާ ބޯޑެއް އެކުލަވާލާފައިވާ ކަމަށެވެ.
މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލެވެ. އެހެންކަމުން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އިން މައިގަނޑު ގޮތެއްގައި ކުރާނީ މި ހޮސްޕިޓަލުތަކުގެ ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމެވެ. ރައީސް އޮފީހުން ބުނީ އާ ބޯޑު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.
މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް ބޯޑުގައި ތިއްބަވާ ބޭފުޅުން:
- ޑރ އަބްދުލް އަޒީޒު ޔޫސުފް (ވ. އަކީލާ)
- ނ.ޢ.ޢ.ވ. އަނީސާ އަހުމަދު (މ. ލޮނުވެލި)
- ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
- ޑރ އިސްމާއީލް ޝަފީއު (މ. ޕޮޕީ)
- އަލްފާޟިލް ހާމިދު ސޯދިގު (އަލިހިޔާގެ، ޅ. ނައިފަރު)
- އަލްފާޟިލް އަބްދުލް މާޖިދު (ގ. ކްރީމްގެ)
- އަލްފާޟިލާ އާތިފާ އިބްރާހީމް (މ. ދެބުދާރު)
- އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ)
- އަލްފާޟިލާ މާރިޔާ ސައީދު (މއ. ކޮށީގެ)
ރައީސް އޮފީހުން ބުނީ މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް ބޯޑުގެ ޗެއާމަނަކަށް ޑރ. އަބްދުލް އަޒީޒު ޔޫސުފް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވައިސް ޗެއާމަންގެ މަގާމަށް އަނީސާ އަހުމަދު ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.