ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގަލޮޅު ޝަބުނަމް މަގުގައި ހުރި ޕިޔޯ ސައިޑް ގޭގައި ކަމަށެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރޭ 9:18 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

https://twitter.com/NDMAmv/status/1228889753560371200?s=08

އަލިފާން ރޯވެފައި ވަނީ އެ ގޭގެ ކޮޓަރިއެއްގައި ހުރި ކަރަންޓް ބޯޑެއްގައެވެ. އެ ރޯވި އަލިފާނުގެ އަސަރު ދޮންނަ މެޝިނަކަށް ކޮށްފައިވާއިރު ލާން ގެންގުޅޭ ބައެއް އަންނައުނު އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.