ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށައެޅީ އިންޑިއާގެ "ރިލަޔަންސް ކޮމިއުނިކޭޝަން" ރާއްޖެ ގެނައުމަށް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެ މިއަދު ރާއްޖެ ދަތުރު ކުރަމުންދަނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރެއަށް ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ކޮންޓްރޯޯލްގެ ދަށުގައި ކަމަށެވެ.
އެގޮތުން ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ރަނގަޅު ކުންފުންޏެއް ނެތް ކަމަށް ބުނެ ވާދަވެރިކަން އުފެއްދުމުގެ ނަމުގައި އިންޑިއާގެ "ރިލަޔަންސް ކޮމިއުނިކޭޝަން" ރާއްޖެ ގެނައުމަށް ނިންމާ އެކަމުގެ ހުރިހާ ކަމެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް "ސިއްރުން" ނިންމާފައިވާ ކަމަށްވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރާއްޖެ އިންޑިއާގެ ދަށަށް ގެންގޮސްފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށާ ދިވެހި ގައުމުގައި މިއަދު އިންޑިއާއަށް ނޭންގޭ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމީ އިންޑިއާގެ އެހީތެރި ކަމުގައި ކަމުގައިވާތީ މިއަދު ސަރުކާރު އޮތީ އިންޑިއާގެ މުށުތެރޭގައި ކަމަށްވެސް ތުހުމަތު ކުރައްވާފައިވެއެވެ.
މިހާރުގެ ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގުން އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށާއި އެ ދާއިރާއަށް އިތުރު ކުންފުންޏެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ދިރާގާއި އުރީދޫއަށް ފާޑުވެސް ކިޔާފައެވެ.
ތިކަހަލަ ހުރިހާކަމެއްވެސް ކުރާނެ .... އެހެންނޫންވާނީ އެއްކަންފަތް ބީރު އެއްލޯ އަނދިރި ވެފަ ތިބިމީހުން ގިނަވީމަ....ސަބަބަކީ ހަމަޔަށް ނުފެންނަ ހަމަޔަށް ނީވޭ ބަޔަކުގެ އެހީގައި ކުރާކަމެއްތީ....ހަމަ ބުނާ އަދި ކުރާ ކޮންމެ ކަމެއް ރަނގަޅު ކަމުގައި ދެކިގެން އުޅޭ ބައިހަނޑެއް އެބައޮތް....ވަރަށް ސަލާމް..
ގެނަސްގެން ވެސް އިންޓަނެޓްގެ ް އަގުހެޔޮކުރަންވީ