ހިމަބިހި ވެކްސިން ޑޯޒް ހަމަ ނުކުރާ އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް ވެކްސިން ދޭން ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލެތް މިނިސްޓާ އަބްދުﷲ އަމީން ވިދާޅުވީ ހިމިބިހި ވެކްސިން ޖެހުމަށް ތިން މަސް ދުވަހުގެ ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވެކްސިން ދިނުމަށް ހާއްސަކޮށް މާލެ ސަރަހައްދުގައި "އައުޓްބްރޭކް ކޮންޓްރޯލް" ގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތަންތަން:
- ސޯޝަލް ސެންޓާ: ކޮންމެ ދުވެހަކުވެސް މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:00 އަށް (40 އަހަރުން މަތީގެ މީހުން)
- ދަމަނަވެށި: ހެންދުނު 8:15 މެންދުރު 12:30 އަށް (6 މަހާއި 18 އަހަރާއި ދެމެދުގެ ކުދިން)
- ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް 2 ބުރި: މެންދުރުފަު 2:00 އިން ހަވީރު 5:00 އަށް (40 އަހަރުން ދަށުގެ މީހުން)
- ވިލިމާލެ ފެރީ ޓާމިނަލް: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށް (40 އަހަރުން ދަށުގެ މީހުން)
މިއަދު ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށާއި ދެން ހުރިހާ މައުލޫމާތެއްވެސް ޑޭޓާބޭސް މެދުވެރިކޮށް ރައްކާކުރެވޭނެ ކަމަށެވެސް އޭނާ ވިދާޅުވިއެވެ. އަދި މިާހރު ރާއްޖެގައި ހުރި ވެކްސިންގެ ޑޭޓާބޭސްގެ މައުލޫމާތުތަށްވެސް ރައްކާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެެ.
ހިމަބިހި ރާއްޖެއިން ފެނުނު ފަހުން 7900 އަށްވުރެ ގިނަ ފަތްތަކަށް ވެކްސިން ދެވިފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.