މާލޭގެ މާފަންނުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިިފިއެވެ.

ފުލުހުން ބުނީ މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:26 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މާރާމާރީ ހިނގާފައި ވަނީ އިންޑިއާ ދެ މީހެއްގެ ދެމެދުގައި ކަމަށާއި ދެ މީހުންވެސް ވަނީ ޒަހަމްވެފައި ކަމަށް ފުލުހުން ބުނެއެވެ.

އެ ދެމީހުންނަށްވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައިވެސް ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިނގައެވެ. އަދި ބައެއް ފަހަރު ބިދޭސީން އެކަކު އަނެކަކަށް މަރާލާފައިވެސް އެބަހުއްޓެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ މިދިޔަ އަނަގާރަ ދުވަހު ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ވަޅިން ދިން ހަމަލާއެވެ.

މިކަމާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ އެ ހާދިސާއަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށެވެ. ހުޅުމާލޭގައި ތޫނު އެއްޗަކުން 3 މީހަކަށް ހަމަލާ ދީފައިވާ އިރު ދާދި ފަހުން ވަނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. މި ހާދިސާގައި އަނިޔާވި ޑްރައިވަރު ވަނީ މަރުވެފައެވެ.