ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްނަގައިގެން ކުރިއަށް ގެންދާ އޮންކޯ ސްޕްކްޓްރާ ފޯރަމްގެ ތެރެއިން ނަރުހުންނަށް ހާއްސަ ވޯކަޝޮޕެއް ކުރިޔަށް ގެންގޮސްފިއެވެ.

އެސްޓީއޯއިން ބުނީ އިއްޔެގެ ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް އެސްޓީއޯ ޓްރެއިނިންގް އިންސްޓިޓިއުޓްގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ "ރޯލް އޮފް ނާސަސް އިން އިމްޕްރޫވިންގް ކެންސާ ކެއާ" ގެ ނަމުގައެވެ.

އެ ވޯކްޝޮޕްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ކިޔަވާ ދެއްވާފައި ވާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އޮންކޯ ސްޕެކްޓްރާ ފޯރަމްކުރިޔަށް ގެންދަނީ އެސްޓީއޯގެ އިތުރުން ޑރ ރެޑީސްއާއި ކެންސާ ސޮސައިޓީއޮފް މޯލްޑިވްސާއި އައިޖީއެމްއެޗުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެންނެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދާ އޮންކޯ ސްޕްކްޓްރާ ފޯރަމް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއީ އެ ފޯރަމް ބޭއްވޭ ދެވަނަ އަހަރެވެ.