މާލޭގެ މަގުމަތީގައި އެކަނި ހުރި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކުއްޖާ އާއިލާއާ ހަވާލު ކުރުމުުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ އަހަރުގެ އެކުއްޖާ އެކަނި ހުރީ މަޖީދީމަގު ސަންފްރޮންޓް ކުރިމަތީގައެވެ. އެކުއްޖާ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް، އެފްސީޕީޑީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިރޭ 9:30 ހާއިރުއެވެ.

ފުލުހުން ބުނީ އެކުއްޖާގެ ބެލެނިވެރިންނަށް އަންގާފައިވާ ކަމަށާއި ކުއްޖާ އައިލާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކުއްޖާ އެކަނި މަގުމަތީގައި ހުރި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.