އުރީދޫ މޯލްޑިވްސް އިން 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އެ ކުންފުނިން ހާމަކޮށްފިއެވެ.

އުރީދޫން ބުނީ، މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، ފެބްރުއަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން އެ ކުްނފުނީގެގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުއެވެ.

އުރީދޫން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، ފެބްރުއަރީ 16 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނީ، މި ނޯޓިސް އާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އާންމުކުރާނެ ކަމަށެވެ.