ލާމަރުކަޒީ ނިޒާމަކީ، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބަނޑުއަޅާ ވިހޭ ދަރި އެއް ކަމަށް ބުނާއިރު އެ ދަރި އެމްޑީޕީން "އެބިއުސް" ކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވިހޭ ދަރިއެއްގެ ގޮތުގައި އެޕާޓީން ސިފަ ކުރަމުން އަންނަނީ ލާމަރުކަޒީ ނިޒާމެވެ. އެ ދަރި ހަލާކުކުރީ ޕީޕީއެމްގެ ސަރުކާރުގައި ކަމަށް އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ 2008 ވަނަ އަހަރުގެ އެމްޑީޕީ ވެރިކަމުގައި ރަށު އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓައި، މަރުކަޒީ ސަރުކާރުން ބޭނުންކުރި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެކޭ ކިޔާއިރު، އެ ދަރި "އެބިއުސް" ކުރިކަން އެ އޮތީ ފެންނަން ކަމަށެވެ. އޭނާ ވިދާޅުވީ ލާމަރުކަޒު ކުރަން އުޅެނީ އެމްޑީޕީ ކައުންސިލްތައް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ނިޒާމެއްކަމަށާއި، އެނިޒާމު ދަމަހައްޓަން އެޕާޓީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އަމިއްލަ ދަރިފުޅަށް އަޅާލާ ފަދައިން، އެނިޒާމު ރާއްޖޭގައި ބިކަވިޔަ ނުދިނުމަށް އެމްޑީޕީއިން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމަ މިމޭރުމުން ރައީސް ނަޝީދުވެއް ވަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރާއްޖޭގެ ރަށްތައް ހިންގޭނެ ކަމަށް ޤަބޫލުކުރާ، ލާމަރުކަޒީ ފިކުރާ އިދިކޮޅު ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށާއި، އެމީހުންނަށް މި އިންތިޚާބުގައި ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ ކެންޑިޑޭޓުން މި އިންތިޚާބުގައި ހޮވަން ޖެހޭ ކަމަށާއި، އެ ކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުން ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީން ޤަބޫލުކުރާ ކެންޑިޑޭޓުން ނޫން އެހެން ބަޔަކު ކައުންސިލްތަކަށް އަތުވެއްޖެނަމަ މިނިޒާމު ފުނޑުފުނޑު ކޮށްލަން މަސައްކަތް ކުރާނެ ކަމަށާއި، އެހެން އެކަން ވެއްޖެނަމަ ކައުންސިލް ތަކަށް އިތުރު ބާރުތައް ދިނުމަށް ދެކޮޅު ހެދި ވާދަވެރި ފަރާތްތަކަށް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަން ފުރުޞަތު ދެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.