އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ބަހެއްގެ ތެރޭގައި ގޭންގްއަކުން ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ޕަވާޏް ކުމާރު ގުޕްތާގެ އިސްތިއުނާފު ދައުވާ ބަލައިގަނެވެން ނެތް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ދިއްލީގެ ހައިކޯޓުން އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފު ކޮށްދިނުމަށް އެދި ޕަވާން ކުމާރު ގުޕްތާގެ ފަރާތުން އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޖަރީމާ ހިންގިއިރު އޭނާއަކީ ގާނޫނު ބުނާ ކުޑަކުއްޖެއް ކަމަށް ބުނެއެވެ.
ނަމަވެސް ފަނޑިޔާރު އާރް ބަނޫމާތީ އިސްކޮށް ހުންނެވި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ދިއްލީ ހައިކޯޓުގެ އަމުރު ދަމަހައްޓަވާ، ޕަވާން ކުމާރު ގުޕްތާގެ އިސްތިއުނާފު ދައުވާ ބަލައިގަނެވެން ނެތްކަމަށް ނިންމަވާފައެވެ. އަދި ހައިކޯޓުގެ އަމުރާ ހިލާފުވެ، ތައާރަޒު ވާނެ އެއްވެސް ނުކުތާއެއް ނެތް ކަމަށްވެސް އިންޑިއާގެ އެންމެ މަތީ ކޯޓުން ނިންމި ނިމުމުގައި ވަނީ ފާހަގަކޮށްފައެވެ.
ޕަވާން ކުމާރު ގުޕްތާގެ ވަކީލު ބުނާ ގޮތުގައި ޖަރީމާ ހިންގި އިރު ޕަވާންގެ އުމުރަކީ 17 އަހަރާ 1 މަހާ 20 ދުވަހެވެ. އަދި އެއީ ކުޑަކުއްޖަކަށް ދޭ އަދަބަށް އޭނާ ކުފޫ ހަމަވާ ސަބަބެއް ކަމަށާ، އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އުމުރަށް ބެލުމެއް ނެތި ކަމަށް ޕަވާންގެ ވަކީލު ދައުވާކުރެއެވެ.
ދިއްލީ ކޯޓަކުން މިހާރު ވަނީ ދިއްލީ-ގޭންގް (ނިރްބާޔާ) ރޭޕް މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެފައެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން، މި 4 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނީ އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު 06:00 ގައެވެ.
16-17 ޑިސެމްބަރު 2016ގައި ދިއްލީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި މަރާމާރީ ހިންގާ، 23 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށް، އެ ރޭޕްއިން ލިބުނު ޒަހަމްތަކުގައި އެ އަންހެން ކުއްޖާ މަރުވެދިޔަ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވަނީ އަކްޝޭ ޓާކޫރު، ވިނޭ ޝަރުމާ، ޕަވާން ކުމާރު ގުޕްތާ އަދި މުކޭޝް ސިންހްގެ މައްޗަށެވެ.
ރޭޕް ކުރި އިރު އަމިއްލަ އުމުރަށް ބަލާފަތަ އެކަން ކުރީ؟ ކުޑަ ކުއްޖަކަށް ވީމަ އޯކޭ ދޯ މޯދީ އޮރިޔާން ކުރިޔަސް..