ކުޑަ ކުދިންނަށް ޖިންސީ ގޯނަ ކުރާ އުމުރުން ދުވަސްވީ މުސްކުޅިންނަށް އެ މީހުންނަށް ލިބޭ އިނާޔަތްތައް ކަނޑާލުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީ ގޮވާލައިފިއެވެ.
މިއަދު މަޖިލީހުގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެެވެ. މިއީ 2 އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ތިންވަނަަ ކޮމިޓީގެ ބައްދަލުވުމުންނެވެ.
މިއަދު ކޮމިޓީގައި ވާހަކަަ ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މުސްކުޅިންނަށް ބަލަލާނަމަ އެމީހުންގެ ތެރެއިން އެންމެ ގިނައިން ޖިންސީ ގޯނާ ކުރާ މީހުންގެ އުމުރަކީ 70 އަހަރުން މަތީގެ މީހުން ކަމަށެވެ.
މީގެ އިތުރަށް މެންބަރު ރާއި ވިދާޅުވީ މިފަދަ ކުއްތައް ކުރާ މީހުން މުޖްތަމައުންވެސް ދަނެގަނެވޭނެ ގޮތްތައް ހުންނަށް ޖެހޭނެކަމަށާއި، އެމީހުން ހާމަވާންޖެހޭ ކަމަށެވެ. އަދި އެއްފަހަރު އެފަދަ ކަމެއް ކޮށްފަ ހުރި މީހެއް ކަމުގައިވާނަމަ އޭނާ އެކަމެއް ރަނގަޅު ކޮށްފައި މުޖްތަމައުގެ ތެރެއަށް ނެރުނަސް އެމީހާ އަކީ ކާކުކަން ދަނެގަނެވެން ޖެހޭނެ ކަމަށެވެ.
ގާނޫނޫތައް ބުނާ ގޮތުން އުމުރުން 65 އަހަރު ވެފައިވާ ކޮންމެ މީހަކަށް -/5000 ރުފިޔާގެ އިނާޔަތެއް ދައުލަތުން ލިބުމަކީ ލާޒިމު ކަމެކެވެ. އެއައަށް އަލިއަޅުވައި މެންބަރު ރާއީ ވިދާޅުވީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ އުމުރުން ދުވަސްވީ ފަރާތްތަކަށް ސަރުކާރުން ދެވޭ އިނާޔަތްތައް ވެސް ދެވިގެން ނުވާނެ ކަމަށާއި، އެ އިނާޔަތްތައްވެސް ވަގުތުން ވަގުތައް ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
އިއްޔެ ބޭއްވި ކޮމިޓީގައި ވާހަ ދައްކަވަމުން މުހައްމަދު ރާއީ ވިދާޅުވީ، 961 މީހުން ހިމެނޭ އާބާދީއެއްގައި ބެލެނިވެރި މުއައްސަސާއަށް ވެފައި ކައުންސިލުގެ ސަމާލުކަމަށް ކުޑަ ކުއްޖާގެ މައްސަލަ އައިސްފައި ނުވާ ވާހަކަ ގަބޫލު ކުރައްވަން ވަރަށް ދަތި ކަމަށެވެ.
ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސލައެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ފަރާތު ކާފަ އަދި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ 2 މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މީގެ އިތުރުން އިހުމާލުގެ މައްސަލައެއްގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.
ކުއްޖާގެ މުނިކާފައަކީ މި ފަދަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެކެވެ. އަދި ކުއްޖާގެ ކާފައަކީ އެރަށުގެ މުދިންކަން ކުރާ މީހެކެވެ. އެ ރަށުގެ ކައުންސިލުން ވަނީ އެ ކުއްޖާގެ ކާފަ މުދިންކަމުން ރިޓަޔާ ކުރުވުމަށް އެދި މީގެ 2 މަސްކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިރޭ އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ މުދިންކަމުން ސަސްޕެންޑްކޮށްފައެވެ.
ވަރަށް ރަގަޅު ނިންމުމެއް. އެލާރިން ވިއްޔާ އައްޕަނަވެސް ހަދަން އެއުޅުނީ... ޕިސްޕިސް އަވަސްކުރޭ.