ދީރާސީއާ އަހަރުގެ ކލިޔެވުމް ފެށުމާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން" ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ގަންނަ ކޮންމެ ޑޮވެންޑޭލް ޕެކެޓް ކޭހަކާ އެކު އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އިއްޔެ އިން ފެށިގެން އިން މި ޕްރޮމޯޝަން ފަށާފައިވާއިރު، މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން އިނާމަކަށް ރީތި ބިއްލޫރި ތައްޓޭއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ތެރޭގައި 24 ޕެކެޓްގެ ޑެވޮންޑެލް ފުލް ކްރީމް ކޭހެއް ވިއްކަމުން ދާނީ 170 ރުފިޔާއަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޑޮވޮންޑޭލްއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު އޮސްޓްރޭލިއާގެ އުފެއްދުމެކެވެ. އަދި މި ޕެކެޓަކީ ކުޑަކުދިން ސްކޫލަސް އިންޓަވަލަށް ގެންދާ ޕެކެޓެއްގެ ގޮތުގައިވެސް ފާހަގަ ކުރެވެއެވެ.