މުޅިން ނެތިދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައި އޮތް މާކަނާ އާއިލާއެއް ސަލާމަތް ކުރެވި، އާބާދު ކުރެވެން ފަށާފައިވާކަމަށް އދއިން ބުނެފިއެވެ.

ނެތި ދިއުމުގެ ބިރު ހީވެފައި އޮތް އާއިލާތަކެއްގެ މާކަނާ ހިމާޔަތް ކުރުމަށް، އދގެ ތަރައްގީއާއި ބެހޭ މަޝްރޫއު (ޔޫއެންޑީޕީ) އިން ވަނީ ތައިލޭންޑްގައި ހާއްސަ މަޝްރޫއެއް ހިންގާފައެވެ.

ޔޫއެންޑީޕީ މަޝްރޫއުގެ ދަށުން ތައިލޭންޑްއިން ހިމާޔަތްކޮށް އާބާދުކޮށް ރައްކާތެރި ހިސާބަކަށް ގެނެސްފައިވަނީ 3 އާއިލާއެއްގެ މާކަނާ ކަމަށް މައުލޫމާތު ލިބެއެވެ. މާކަނާތަކުގެ ނެތި ދިއުން ކުރިމަތިވެފައިވަނީ ފާއިތުވީ 30 އަކަށް އަހަރު ދުވަހުގެ ތެރޭގައި ތައިލޭންޑްގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ކަމަށްވެއެވެ.

މާކަނާއަކީ ކުރިން ދިވެހިރާއްޖެއިންވެސް ފުދޭ ވަރަކަށް ފެންނަމުންދިޔަ ދޫންޏެކެވެ.