ސައިކަލެއްގައި ދާ މީހެއްގެ ވީޑިއޯއެއް އާންމުކޮށް އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯއާ އެކު ބުނީ އެ ވީޑިއޯއިން ފެންނަ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ އާ ބެހޭ މައުލޫމާތު އިނގޭނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ ފުލުހުންގެ ނަންބަރު 3322111 އަށާއި ޓްރެފިކް ފުލުންގެ ނަންބަރު 9660183 ގުޅުމަށެވެ.

އަދި އެ މީހާ އަކީ ހުށަހެޅިފައި ވާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލަ އެއް ކަމެއް ހާމައެއް ނުކުރެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މިހާ ދަނީ ބޮޑުތަކުރުފާނު މަގުން އިންޑަސްޓްރިއަލް ވިލެޖާ ދިމާލަށް ކުރިއަށެވެ. އަދި ގޮސް ވަކި ހިސާބެއްގައި ހުއްޓި އަނބުރާ ދަނީ ބޮޑުތަކުރުފާނު މަގުން ރޭޑިއޯ ބިލްޑިންގާ ދިމާއަށެވެ.

މި ފަހަކަށް އައިސް އެކި ކަހަލަ މައްސަތަކާ ގުޅިގެން ފުލުހުން އާންމުންގެ އެހީއަށް އެދޭކަން ފާހަގަ ކުރެވެއެވެ.