2017 ވަނަ އަހަރު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައި ވާ ސައިކަލެއް މިއަދު ހޯދައިފިއެވެ.

ފުލުހުން ބުނީ އެ ސައިކަލު ފެނިފައި ވަނީ މިއަދު ހަވީރު 4:40 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.

އަދި އެ ސައިކަލު ފެނިފައި ވަނީ ކޯރުކެނޑި މަގުގައި ޕާކުކޮށްފައި ހުއްޓާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ ސައިކަލު ގެއްލިގެން ފުލުހަށް ހުށަހަޅާފައި ވަނީ 2017 ވަނަ އަހަރު ކަމަށް ބުނި ނަމަވެސް އެ އަހަރުގެ ކޮން މަހެއްކަން ބިނެފައެއް ނުވެއެވެ.

މިހާރު އެ ސައިކަލު އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއީ ސައިކަލެއް ގެއްލިގެން ހުށަހެޅުމުން އެ ހޯދުމަށް އެންމެ ގިނަ ދުވަސްވީ މައްސަލަ ކަމަށް ބެލެވެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާއިރު ފުލުހުން ދަނީ މިފަދަ މައްސަލަ ތަށް ހައްލު ކުރުމަށް އެތަށް މަސައްކަތް ތަކެއް ކުރަމުންނެވެ.