މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އާއި ސްރީލަންކާގެ ޓެކްނޮލޯޖިކަލް ކެމްޕަސް އާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ހިލްމީއެވެ. އަދި ސްރީލަންކާ ޓެކްނޮލޮޖިލް ކެމްޕަސްގެ ފަރާތުން ސޮއި ކުރެއްވީ ފައުންޑާ އަދި ސީއީއޯ ރަންޖިތް ރުބަސިންގްހެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންޑާގްރެޖުއޭޓް ލެވަލްގެ ދެ ސްކޮލާޝިޕް އެސްއެލްޓީސީގެ ފަރާތުން ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ގޮތުން ބޭއްވި މިރަސްމިއްޔާތުގައި ސްރީލަންކާގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަ އަދި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްރީލަންކާ ޓެކްނޮލޮޖިކަލް ކެމްޕަސް އަކީ އިންޖިނިއަރިންގް، ކޮމްޕިއުޓާ ސައިންސް އަދި ބިޒްނަސް ގެ އަންޑާގްރެޖެއޭޓް ލެވަލް އިން ފެށިގެން ގޮސް މާސްޓަރސް އަށް ކިޔަވައިދޭ މަރުކަޒެކެވެ.