މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން މ. ލޮނުމިދިލިގެ އަށް ވަދެއްޖެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ.

ނޫސްތަކަށްވެސް ދައުވަތު ދީގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގެ ބޮޑުމިނެއް އަދި ސާފެއް ނުވެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި ހިނގާ ޑިސެމްބަރުމަހު މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް މަސްތުވާތަކެއްޗާ އެކު 29 މީހަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުންވަނީ މާލޭގެ 5 ގެއެއް ބަލާ ފާސްކޮށްފައެވެ. އަދި މި ގެތަކަކީ މިފަދަ މައްސަލަތަކުގައި ތަކުރާރުކޮށް ބަލާފާސްކޮށްފައިވާ ގެތައް ކަމަށް ފުލުހުން ބުނެއެވެ.

  • މ. ފެޝަންމީޑް
  • 5 ޑިސެމްބަރު: މަސްތުވާތަކެއްޗާއ އެކު 11 މީހުން ހައްޔަރު ކުރި
  • މ. ނަދީއިރުމަތީބައި
  • 12 ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކު 4 މީހުން ހައްޔަރު ކުރި
  • ހ. ވެލިރަންގެ
  • 16 ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކު 10 މީހުން ހައްޔަރު ކުރި
  • ގ. މެމޮރީވިލާ18
  • ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކި 4 މީހުން ހައްޔަރު ކުރި
  • މ. ލޮނުމިދިލިގެ 19 ޑިސެމްބަރު: މިހާރު ދަނީ ބަލާ ފާސްކުރަމުން

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގޭގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެގެތަކުގައި މަސްތުވާތަކެތީގެ ހިދުމަތް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ގެތަކަށް އަމާޒުކޮށްގެން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއީ ގެތަކުގެ ވެރިފަރާތުން ނުވަތަ ގެތައް ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާ އެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާކަމެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ، ގެތަކުގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގު ހިންގައި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ.