އައްޑޫ ސިޓީގެ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިންދައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 65 އަހަރުގެ ފިރިހެން މިހާގެ ކަނާތު ފައި ބިންދައިގެންގޮސް ނިއްކުރި މަށައިގެން ގޮސްފައި ވާ ކަމަށެވެ. އަދި އަނެއް ސައިކަލުގައި އިން 25 އަހަރުގެ މިހާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފުލުހުން މި އެކްސިޑެންޓް ހިނގަން މެދުވެރި ވީ، އައްޑޫ ސިޓީގެ ހިތަދޫގެ ގާޒީމަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައކަލެއް އައިކޮޅަށް އަނބުރާލަން އުޅުމުގެ ތެެރޭގައި، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މިހާދިސާ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހަވީރު 4:08 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލިހުން ބުނީ 65 އަހަރުގެ މީހާގެ އަތުގައި ލައިސެންސް އޮންނަ ކަމަށާއި 25 އަހަރުގެ މިހާގެ އަތުގައި ލައިސެންސް ނޯންނަ ކަމަށެވެ.

މި އެކްސިޑެންޓު ވި ދެ ސައިކަލަށްވެސް އެކި ވެރުގެ ގެއްލުން ވެފައި ވާ ކަަމަށާއި މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.