އުރީދޫގެ ބައެއް ހިދުމަތް ފޯރުކޮށްދިނުމަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫގެ މޮބައިލް ހިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ ކަމަށް ބުނެފައި ވަނީ އިއްޔެ ކުރި މެސެޖެއްގައެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖުގައި ވަނީ އުރީދޫގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި މިރޭ ދަންވަރު 12:00 އިން 3:00 އާ ހަމަޔަށް ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތި ވެދާނެ ކަމަށެވެ.

އަދި ވީހާވެސް އަވަހަކަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން އުރީދޫ އިން ބުނެފައި ވަނީ މި މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކާއި ގުޅިގެން މައާފަށް އެދޭ ކަމަށެވެ.

އުރީދޫ އަކީ ރާއްޖޭގެ ދެވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި މޯބައިލް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ދުބާއީގެ ކުންފުންޏެކެެވެ.