ރޭ ދަންވަރު ލ. ގަމުގެ ތުނޑި އަވަށުގެ ގެއަކަށް ވަދެ، ދެ އަންހެނަކަށް ބިރު ދައްކައި، ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 2:30 ހާއިރު ގަން، ތުނޑި އަވަށުގެ ގެއަކަށް ދެމީހުން ވަދެ، އެގޭގައި އުޅޭ ދެ އަންހެނުންނަށް ބިރުދައްކައި، ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކާއި 29 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ އެގޭގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.