އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން ކުލަލައިދިނުމުގެ ހިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފިއެވެ.

މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއާ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް މރ. ހެންރީ އަންގް އެވެ.

ކުލަލުމުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައެވެ. ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިންނެވެ.

އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލާ ސްކީމް" އިހްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިން ކުލައިން ރައްކާތެރިކޮށް ދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެއެވެ.