އައިޖީއެމްއެޗް އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓި ކުޑަ ކުއްޖެއްގެ ގައިގައި ޖެހިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ އައިސީޔޫގެ ވެއިޓިން އޭރިޔާގެ ސީލިންގުން ބައެއް ވެއްޓިފައި ވާ ކަމަށެވެ. ވެއްޓުނު ސީލިންގުގެ ބައިން ޖެހިފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ކަމަށާއި އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތު ދީފާއި ވެއެވެ.

ބެލެވޭ ގޮތުގައި ސީލިންގުގެ ބައެއް ނައްޓާލައިގެން ވެއްޓިފައި ވަނީ ވާރޭ ވެހި ސީލިންގް ފޯވުމުގެ ސަބަބުންނެވެ.

ދާދި ފަހުން އާންމުންގެ ތެރޭގައި އެންމެ ދެކެވުނު އެއް ވާހަކަ އަކީ 24 ގަޑިއިރު ތެރޭ އައިޖީއެމްއެޗުގެ ވިއްސާ ކޮޓަރީގައި ތިން ކުއްޖަކު ނިޔާވެ އެ ހޮސްޕިޓަލުގެ ލޭބާ ރޫމުގެ މެޝިނުގެ މައްސަލައަކުން ކަމަށް ބުނެ ދެކެވުނު ވާހަކައެވެ. ނަމަވެސް އައިޖީއެމްއެޗުން ވަނީ އެވާހަކަ ދޮގުކޮށްފައެވެ.