މި އަހަރު ދައުލަތުގެ އޮފީސް ތަކުން ބަޖެޓް ބޭނުންކުރި ގޮތުގެ، އަަހަރީ ކޭޝް ފްލޯ މި މަހު 23 ގެ ކުރިން ހުށަހަޅަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައިވާ ގޮތުން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ދަށުން، ބަޖެޓުގެ ކޭޝް ފްލޯ ތައްޔާރު ކުރުމަށްޓަކައި ބަޖެޓުގެ ޑިސްބާސްމެންޓްގެ ޖަދުވަލުތައް ތައްޔާރު ކުރުމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށްވެސް ސާކިއުލާގައިވެއެވެ.

"އެހެންކަމުން ދައުލަތުގެ އެންމެހާ އޮފީސް ތަކުން އަހަރީ ކޭޝް ފްލޯ ތައްޔާރު ކުރުމަށްފަހު، މި މިނިސްޓްރީ އަށް ހުށަޙަޅަން ވާނެ، ދައުލަތުގެ އޮފީސްތަކަށް އަންނަ އަހަރުގެ ބަޖެޓް ދޫކުރެވޭނީ އޭރުން،" ސާކިއުލާގައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓް ޑިސްބާސް ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުން މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން މަހުން މަހަށް ކަަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކޮށް ހަރަދު ކުރަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެެއް ފާސްކޮށްފައެވެ.