މާލޭގައި ހަދަމުންދާ ތިން މިސްކިތެއްގެ މަސައްކަތް ހުއްޓިފައިވާ މައްސަލަތަށް ބަލާ ހައްލުކުރަމުން ދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނީ މިސްކިތްތަކުގެ މަސަައްކަތް ނުނިމި ލަސްވަމުންދާ މައްސަަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މިނިސްޓްރީ އިން ވަނީ މިސްކިތްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ފަރާތްތަކާ ބައްދަލު ކޮށް ވާހަކަ ދައްކާފައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިހާރު މާލޭގައި ކުރިއަށް ދަނީ ތިން މިސްކިތެއްގެ މަސައްކަތް ކަމަށެވެ. އެއީ މާވެޔޮ މިސްކިތާއި، މާފަންނު އާ މިސްކިތާއި، ޒިކުރާ މިސްކިތުގެ މަސައްކަތް ކަމަށް އިސްލާމިކް މިނިސްޓްރީމް މައުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނި ގޮތުގައި މާފަންނު އާ މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ނިފައިވާ ކަމަށާއި މިހާރު އެ މިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީ އިން ބުނި ގޮތުގައި މާވެޔޮ މިސްކިތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިން މަސައްކަތްތަކެވެ. އެގޮތުން، ބިއްލޫރި ޕެނަލްތައް ހަރުކުރުމާއި، ކަރަންޓު ސެޓުތަކާއި ސްވިޗުތައް ހަރުކުރުމާއި، ކުލަ ލުމާއި، ކާޕެޓު އެޅުމާއި، ކެލިގްރަފީގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރަ މިސްކިތް ހުރި ބިމުގައި އެއްވެސް މަސައްކަތެއް ހިނގާތަނެއް ނުފެނެއެވެ. ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލު ކުރި ފަރާތުން މަސައްކަތް ނުކުރުމާއި، އެ ކޮންޓްރެކްޓް އެވޯޑްކުރުމުގައި ގިނަ މައްސަލަތަކެއް ކުރިން އޮތީ ފެންމަތިވެފައެވެ.