ޖިންސީ ގޯނާ ކުރަން އުޅެނިކޮށް ހައްޔަރު ކުރި ފުލުސްމީހާ ދޫކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 10:50 ހާއިރު 42 އަހަރުގެ ދިވެހި ފިރިހެނަކު 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ، އެކަމުގެ ތެރެއިން މާރާމާރިއެއް ހިނގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމަށާއި އޭނާ ވަގުތުން ވަގުތަށް ރޭ ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް، މިއަދު މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން އޭނާއަށް ޝަރުތުކޮށް ބަނދުން ދޫކޮށްލުމަށް އަންގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެެ.

މި މައްސަލާގައި ޖިނާއީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލާގައި ހިމެނޭ، ފުލުސްގެ ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އޭނާ މިހާރު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.