އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ، ލޮކް ސަބާއާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ދެފަރާތުން ވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރާނެކަން މަޖިލީހުގެ ރައީސް މީގެ ކުރިން ވެސް ފާހަގަކުރައްވާފައިވާއިރު، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން އޮނިގަނޑެއް އެކުލަވާލުމަށް ނިންމާފައިވެއެވެ.
ލޮކް ސަބާއާއެކު އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެކަމަށް މެންބަރުންގެ ރުހުން ދެއްވުމުންވެެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސޮއި ކުރެއްވި އިރު، އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ، ލޮކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާއެވެ.
"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކް ސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި އެކުލަވާލި މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ، މަޖިލީހުގެ ރައީސާއި، ބައެއް މެންބަރުން އަދި ކައުންސެލް ޖެނެރަލްއާއި އަމީން އާންމު ހިމެނޭގޮތަށް މަޖިލީހުގެ ވަފުދަކުން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެފަރާތުންވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ލޮކް ސަބާގެ އިތުރުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއެކު ރައްޔިތުންގެ މަޖިލީހުން ބާއްވާ ގުޅުންތައް ބަދަހިވަމުންދާ ކަމަށެވެ.
ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމެއްތަ؟ ދެން ކޮންކަމެއް ވެގެން ތަ ބަރުލަމާނީގެ ގުޅުމެއް ބަދަހި ކުރަންވީކީ
މީއްޗަކު މިގައުމު މޯގެރި އަށް ދީފަ ހުއްޓާނީ... ދެން ބޮންޑިބަތުގެ އަހުލުވެރިން ތިބޭ ހެވިފަ