އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާ އެކްސެލެންސީ ކެރޮން ރޮސްލާ އައްޑޫސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އިނގިރޭސި ސަފީރުގެ މިބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމައުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.
މިބައްދަލުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު މައުލޫމާތު ހޯއްދެވިއެވެ. އަދި އެފަދަ ޒުވާނުން ރަނގަޅު މަގަށް ގެނެސްދިނުމުގައި އިމާމުންގެ މަސައްކަތާ ގުޅޭގޮތުންވެސް ސުވާލުކުރެއްވިއެވެ.
އިނގިރޭސި ސަފީރު ވިދާޅުވި ގޮތުގައި މުސްލިމުންގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ކަންކަން އެއީ ހަގީގީ އިސްލާމް ދީން ނޫންކަން ބުނެދިނުމުގައި އީމާމުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި މީޑިއާތަކުންވެސް ރަނގަޅު ގޮތުގައި ރިޕޯޓުތައް ގެނެސްދިނުން މުހިންމު ކަމަށެވެ.
އެކަމަނާ ވިދާޅުވިގޮތުގައި ސަފީރެއްގެ ހައިޞިއްޔަތުން ތަފާތު ފިކުރުތައް ދެނަގެނެ އެއްކޮށް މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.
އިމާމުންނާއެކު ބޭއްވެވި މިބައްދަލުވުމަށްފަހު އެކަމަނާ ވަނީ މިސްކިތަކަށް ވަޑައިގެން މިސްކިތް ބައްލަވާލައްވާފައެވެ.