ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން މިހާރު ހަދަމުން އަންނަ ޕާކު ހުޅުވާ ދުވަހު ހުރިހާ ހަރަދެއްގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިހެން ވިދާލުވެފައި ވަނީ ޝިފާ ކުރެއްވި ޓްވީޓަކަށް މީހަކު ކުރި ކޮމެންޓަކާ ގުޅިގެންނެވެ.
ޝިފާ ޓްވީޓު ކުރައްވައިފައި ވަނީ އަޑި ޕާކުގައި ހަދަމުންދާ ފާހަނާބަރިތަށް ނިމުމުން އެކަމާ ގުޅިގެންނެވެ.
އަދި ހަމަ އެހެންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލް ގެ ބައެއް މެންބަރުން ވަނީ ހަދަމުންދާ ޕާކުގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް ބަދަލު ގެންނަމުންދާ ކަމުގެ ތުހުމަތުތަށްވެސް ވަނީ ކުރައްވާފައެވެ. އަޑިޕާކުގައި ހަދަމުންދާ އިމާރާތާ ގުޅިގެން، މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަދި ކައުންސިލްގައި އޮންނަ ބިޑްކޮމެޓީގެ މުގައްރިރު މުހައްމަދު ފަޒީން ވަނީ އެ ވާހަކަތައް މީޑިއާތަކުގައާއި އޭނާގެ އަމިއްލަ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ތަނުގައި އެ އިމާރާތް ހެދުމުގެ މަސައްކަތް ބިޑް ކޮމެޓީއަށް ދިޔަ އިރުވެސް އެތަނުގައި އިމާރާތްކޮށް ނިމެނީ ކަމަށެވެ.
އޭނާ ވިދާޅުފައިވަނީ ބިޑް ކޮމެޓީއަށް ހުށަހެޅުމާއެކު ބިޑަށް ހުޅުވާލައިގެން ވީ އެންމެ އަވަހަކަށް ބަޔަކާ ހަވާލު ކުރެވޭތޯ ބެއްލެވި އިރު، އެތަން ބަޔަކު އިމާރާތް ކޮށް ނިމްމަނީ ކަމަށެވެ. އޭނާ އޭސީސީ ޓެގްކުރައްވައި ޓްވީޓެއް ކުރައްވަމުން ވިދާޅުވެފައި ވަނީ "މިވަރު ވީމަވެސް ބަލަން ހުންނަން ވީ" ތޯއެވެ.
މި ޕާކާ ބެހޭގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ތަފާތު ވާހަކަތަށް ދައްކަމުންނެވެ. އެގޮތުން ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖާ އިންވެގެން އޮންނަ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަން ފަށާފައިވާ ޕާކަކީ "ކޮރަޕްޝަން ޕާކް" ކަމަށެވެ.