ކުޑަހުވަދޫ މަސް ދޯންޏަކުން އާދަޔާހިލާފު ބޮޑު ހިބަރެއް ބާނައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކުޑަހުވަދޫ "ބަންކަރު ވޭވް" ދޯނީގެ ކެޔޮޅު "ހާރޫނު" ބުނީ އެ ހިބަރު ބާނާފައި ވަނީ ތ.ގުރައިދޫގެ 13 މޭލު ބޭރުން ކަމަށެވެ.

ކުޑަހުވަދޫ ދޯނިންބޭލި ހިބަރު

މި ހިބަރުގެ ބަރުދަނުގައި 216 ކިލޯ ހުރި އިރު، ދިގު މިނުގައި 10 ފޫޓު ހުރި ކަމަށްވެސް ހާރޫނު ބުނެއެވެ.

ހިބަރު ބޭނި ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސޮތު ގަނެގެން ދޯންޏާ ގާތް ކުރުމަށް ފަހު، އެސޮރު ބަލިކޮށް ދާވަނި ޖަހައިގެން ދޯންޏަށް އަރުވައެވެ. އެ ބޮޑު ބިޔަ ހިބަރު ދޯންޏަށް އެރުވުނީ ހައެއްކަ މީހުންނަށެވެ.

މި ހިބަރު ބޭނުމަށްފަހު ބާލާފައި ވަނީ ތ. ގުރައިދޫއަށެވެ. ހިބަރު އެރަށަށް ކިރުވީ ކަމެއް ނުވަތަ ފަޅުވެރިންގެ މެދުގައި ބަހާލީކަމެއް ވަނީ ޔަގީން ނުކުރެވިއެވެ.

މިގެ މަހެއްހާ ދުވަސް ކުރިން ދިވެހި މަސްވެރިއަކު ވަނީ މާތް ﷲގެ އިސްމަފުޅު ލިޔެވިފައިވާ ކަޅުބިލަ މަހެއްވެސް ބާނާފައެވެ.