މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން އިންތިޒާމް ކުރާ މަސްދަތުރެއްގެ ވާހަކަ ސޯޝަލް މިޑިއާގައި ހޫނުކޮށް ދެކެވެމުން އައިސް ހަވަނަ ދުވަހުގެ މަސްދަތުރު ނިމިފައި ވާއިރު މި މަސްދަތުރަށް މަހަށް ނިކުމެފައި ވަނީ ޒުވާންނުންނެވެ.

މަސްވެރިކަމަށް ލޯބިކުރާ އަދި މަސްދަތުރެއްގައި ބައިވެރިވެ މަޖާ ކޮށްލަން ލިބުނު މި ފުރުސަތުގެ ބޭނުން ހިފައިފައި ވަނީ ޒުވާނުންނެވެ. އަންހެނުންނާއި ފިރެހެނުން ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ މި މަސްދަރުރަކީ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަސްދަތުރެކެވެ. މި މަސްދަތުރު ފެށީ އިއްޔެ މެންދުރުފަހު 3:00 ގައެވެ.

ފަރުމަހުގެ މަސްވެރިކަން ކުރުމަށްޓަކައި ނިކުން މަސް ދަތުރުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

މި މަސްދަތުރުގެ ފޯރި ގަދަ ކުރުމަށް ދަތުރުގެ ބައިވެރިން ދެ ދޯންޏަކަށް ބަހާލާ، އިއްޔެގެ މަސްދަތުރު ނިންމާލާފައި ވަނީ ފަރުމަސް ބޭނުމުގެ ހަރަކާތާއެކުއެވެ. އަދި މިއަދު ވަނީ ދޮށީގެ މަސްވެރިކަން ކުރުމަށްޓަކައި މަސް ދޯނިތައް ކަނޑަށް ނިކުމެފައެވެ.

މަސް ދަތުރުގެ ބައެއް ބައިވެރިން ބޭނި މަހާއެކު / ފޮޓޯ: ބީއެމްއެލް

މި މަސްދަތުރުގައި ފިޝަރީޒް މިނިސްޓްރީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް ފިޝަމޭން، ގެ އިތުރުން ދިވެހި މަސްވެރިންގެ ވާހަކަތައް ހިއްސާ ކުރާ ހަސަން ސާޖިން ނުވަތަ ޓްވިޓާގައި މަޝްްހޫރު ނަމުން ނަމަ "ޒުވާން މަސްވެރިޔާ" ވެސް ވަނީ ބައިވެރިވެފައެވެ.

ދޮށީގެ މަސްވެރިކަން ކުރުމަށްޓަކައި ނިކުން މަސް ދަތުރުގެ ބައެއް ބައިވެރިން / ފޮޓޯ: ބީއެމްއެލް

ދޮށީގެ މަސްވެރިކަން ކުރިއަށް ގެންގޮސްފައި ވަނީ މިއަދުގެ ހެނދުނު 6:00 އިން 10:00 އާ ހަމައަށެވެ.

މީގެ އިތުރުންވެސް މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ގިނަ ކަންތަށްތަކެއް ވަނީ ރާވާފައެވެ.

އެންމެ ކުޑައިރުއްސުރެ އިވޭ އަޑަކީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައި އެމީހުން މަސައްކަތް ކުރަނީ ހަމަޖެހިލައިގެން އަނބިދަރިންނާއި އާއިލާ އަށް އުފާވެރި މުސަތަގުބަލެއް ހޯދައި ދިނުމުގެ ފޮނި އުންމީދުގައެވެ.

މިއަދު ހާލަތު ބަދަލުވެ މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އެނބުރެމުން ދާ ކަމީ ކާބަފައިންގެ މަސައްކަތަށް އެޅުނު އާ ބިންގަލެކެވެ. ރަސްމީ ދުވަހެއްގެ ގޮތުގައި މަސްވެރިންގެ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.