މާލެ ކައިރި ސަރަހައްދުގައި ރިސޯޓެއް ތަރައްގީކުރަން އިންޑިއާގެ ކުންފުންޏަކަށް ދޫކުރި ފަޅެއް އެހެން ބަޔަކަށް ވިއްކާލުމުގެ ކުރިން، ދަރަންޏެއް އޮތްތޯ ބަލަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ފަޅު ކުއްޔަށް ދޫކޮށްފައިވާ ފަރާތަަށް ލީސް އެގްރީމެންޓްގެ ދަށުން ލިބިފައިވާ ހުރިހާ ހައްގުތަކެއް އެހެން ބަޔަކާ ހަވާލުކުރަން އެދިފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް މައްސަލައެއް ވާނަމަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެކަން މިިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށް އެއިުލާނުގައި ބުނެފައި ވެއެވެ.

މި ފަޅުގައި ރިސޯޓެއް ހަދަން ދޫކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭޖީ ހޯލްޑިންގްސް އަށެވެ. މި ފަޅަކީ އިހުރު ރިސޯޓާއި ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓާ ދެމެދު އޮންނަ ފަޅެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އިތުރު 115 ރިސޯޓެއްގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.