ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ގައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ސޯލިހްގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.

މިއަހަރުގެ ގައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިން ސެންޓަރުގައެވެ.

ގައުމީ ކެޑޭޓް ކޭމްޕް ކުރިއަށްދާ ގޮތް ރައީސް ސޯލިހް ބައްލަވާލައްވައިފި / ފޮޓޯ: ރައީސް އޮފީސް

މި ކޭންޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ކޭންޕުގައި ހަތަރު ގައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވެއެވެ. އެ ގައުމުތަކަކީ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލެވެ.