ޑޭޓާ އެލަވަންސް އިތުރުކޮށް، ތަފާތު ލޯޔަލްޓީ ފައިދާތަކާއި އިތުރު ފުރިހަމަކަމާއި އެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެގެންދާނެއެވެ. އަދި އެންމެ ފަހުގެ މޯބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ލިބުންފަދަ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު އެކި ފައިދާތައް ވެސް މި ޕްލޭންތަކާއި އެކު ލިބިގެންދާނެއެވެ.

"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ފައިދާ:

  • ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް
  • އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިން
  • ވައިފައި ކޯލިން
  • އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް
  • އީ-ސިމްގެ ހިދުމަތް
  • އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް
  • ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް

"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި މަތީގެ ޕްލޭންތައް އިހްތިޔާރުކުރައްވާ ކަސްޓަމަރުންނަށް، އިތުރު ފަސޭހަކަމާއި އެކު ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާ، ކްލަބް ޕްރިމިއާގެ ފައިދާތައް ވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އެޮތުން:

  • ކްލަބް ޕްރެމިއާ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް
  • ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއާޕޯޓްތަކުގައިވާ ލައުންޖްތަކުން ހިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރަޔޮރިޓީ ޕާސް
  • ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދެއްވާ ހާއްސަ ޑިސްކައުންޓްތައް
  • ކްލަބް ޕްރިމިއާ ލައުންޖްގެ ޕްރީމިއަމް ހިދުމަތްތައް
  • ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ހެލްޕްލައިން
  • އުރީދޫ އިން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ ހާއްސަ އޮފާތައް

އުރީދޫން ތައާރަފްކުރި އާ ހިދުމަތްތަކާއި ބެހޭގޮތުން، އެ ކުންފުނީގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރު ދިޔާނާ އަފީފް ވިދާޅުވީ، މި ހިދުމަތްތަކާއި އެކު ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް ގެނެވިފައިވާ ކަމަށެވެ. އެގިތުން، ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ. ދިޔާނީ ވިދާޅުވީ، "އެކު" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ހިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.