ގޫގްލްގެ ބެލެނިވެރި ކުންފުނ 'އެލްފަބެޓް'ގެ ހުންގާނުން، ގޫގްލްގެ ބާނީން ކަމަށްވާ ލެރީ ޕޭޖްއާއި ސެރްގީ ބްރިން އިސްތިއުފާ ދެއްވާ، އެ ކުންފުނީގެ ހުންގާނު، ގޫގްލްގެ ސީއީއޯ ސުންދަރު ޕިޗާއީއާއި ހަވާލުކުރާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

'އެލްފަބެޓް' ކުންފުނީގެ ރިޔާސަތުން ބްރިންއާއި ޕޭޖް އިސްތިއުފާ ދިން ކަމުގައި ވީ ނަމަވެސް، ކުންފުނީގައި އަދިވެސް އެމީހުންގެ ހިއްސާ އޮންނާނެ ކަމަށާ، އެގޮތުން ބޯޑް މެމްބަރު ކަމުގެ އިތުރުން ކުންފުނީގެ ބާނީންގެ ގޮތުގައި އަދިވެސް ހަރަކާތްތެރި ދައުރެއް އަދާކުރަމުންދާނެ ކަމަށް 'އެލްފަބެޓް' ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކުންފުނީގެ މުވައްޒަފުންނަށް ބްރިންއާއި ޕޭޖު ފޮނުވި ސިޓީއެއްގައި، ކުންފުނި ހިންގާނެ ރަނގަޅު މަގުތައް ފެންނަން އޮއްވާ، މެނޭޖްމަންޓްގެ އެންމެ އިސް މަގާމުތަކުގައި ތިބެން އެ ދެމީހުން ކޮންމެ ބޭނުން ނުވާ ކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގޫގްލްއާއި އެލްފަބެޓް ކުންފުނީގެ މުސްތަގުބަލުގެ އުޖާލާ ކަމަށް ބަލާއިރު، އުމުރުން 46 އަހަރުގެ ޕިޗާއީއަށްވުރެ ވަކިން ގާބިލު ދެވަނަ މީހަކު ނުހުންނާނެ ކަމަށް ބްރިންއާއި ޕޭޖް ވަނީ ބުނެފައެވެ.

އިންޑިއާއަށް އުފަން ޕިޗާއީއަކީ، ގޫގްލްއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކެއް ހައްލުކުރުމުގައި އެންމެސް އިސްދައުރެއް އަދާކުރެވޭނެ ފަރާތް ކަމަށް، ޓެކްނޮލޮޖީގެ ދާއިރާ ވިލަރެސް ކުރަމުންދާ ފަރާތްތަކުންވެސް އިއްތިފާގުވެއެވެ.