އުމުރުން އެންމެ ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާ، ޕާކިސްތާން އެމްބަސީގެ ފަރާތުންނައި ޕާކިސްތާނުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލެޕްޓޮޕެއް ހަދިޔާ ކޮށްފިއެވެ.

އިއްޔެ ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ޔޫސުފާއި ބައްދަލު ކޮށްފައި ވަނީ ފާކިސްތާންގެ ވައިސް އެޑްމިރަލް ވަސީމް އަކްރަމެވެ. މި ބައްދަލުވުމުގައި ޔޫސުފްގެ މައިންބަފައިންނާ ވެސް ވަނީ ޕާކިސްތާނުގެ އެމްބަސީން ބައްދަލު ކުރައްވާފައެވެ.

ޕާކިސްތާނުގެ އިތުރުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޔޫސުފާއި ބައްދަލު ކޮށްފައެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ޔޫސުފްގެ އިތުރުން ޔޫސުފްގެ މައިންބަފައިންނަށް ވެސް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މަރުހަބާ ދަންނަވައިފައެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރު ވަނީ ޔޫސުފަށް ހަދިޔާއެއް ވެސް ދެއްވައިފައެވެ.

މީގެ އިތުރުން ޔޫސުފް ދިރިއުޅޭ ގެއަށް އިއްޔެ ގާސިމް ވަޑައިގެން ބައްދަލު ކުރައްވައި، ގާސިމް ވަނީ ވިލާ ފައުންޑޭޝަންގެ ފަރާތުން ހާއްސަ ހަދިޔާއެއް ދެއްވައިފައެވެ. އަދި ޔޫސުފްގެ ބައްޕަ މާޒިން ހުސެއިނާއި މަންމަ އުންމުހާނީ އިބްރާހިމާ ގާސިމް ވަނީ ބައްދަލު ކުރައްވައިފައެވެ.

ޔޫސުފް، ގުރުއާން ހިތުދަސް ކުރުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ޔޫސިފާއި ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފައެވެ.

ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ހާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ. ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން ޔޫސުފްގެ މަންމަގެ ގުރުއާން ކިޔެވުމުގެ ހުނަރު ފާހަގަވިއެވެ. ޔޫސުފް ގުރުއާން ހިތުދަސްކުރުމަށް އޭނާގެ މަންމަގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނެވ