ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަގީގީ މާނައިގައި އިހުލާސްތެރި ކަމާއެކު ކަންތައްތައް ކޮށްދޭން ޖެހިފައި ވާކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރިވެލި މައުރަޒު 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒު ހުރީ ހާއްސަ އަޅާލުމާއި ހާއްސަ ލޯތްބާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އަބަދުވެސް ސަރުކާރުތަކުން ކަންތައްތަކެއް ކޮށްދެމުން އަންނަކަމަށާއި އެހެންނަމަވެސް އަދިވެސް މިރޮނގުން ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން މުޖުތަމައުގެ ތެރޭގައި އުޅޭ މިފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ތިބި ހިސާބު އެނގިގެން ނޫނީ، އިތުރަށް ކުރިޔަށްދެވެން ނެތް ކަމުގައި ވެސް ނައިބު ރައީސް ގެ ވާހަކައިގައި ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އެކުދިން ގޮވައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންނަށް ބޭނުންވާ އިތުރު ފަރުވާއާއި ހުނަރު ހޯދޭނެ ގޮތަށް ކަންތައްތައް ބައްޓަން ކުރުންކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ހިދުމަތްތައް ދޭ ތަންތަނަށާއި މިސްކިތްތަކަށާއި ފެރީތަކަށް، ފަސޭހަކަމާއެކު ވާސިލުވެވޭނެ ގޮތްތައް މަގުފަހިކޮށްދޭން ޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މިސަރުކާރުގެ، ރައީސްގެ ވެސް އެންމެ ބޮޑު ވައުދަކަށް ވެގެންދަނީ..
ނައިބް ރައީސް ފައިސަލް ނަސީމް

އަދި ހަމަ އެހެންމެ ނައިބު ރައީސް ވިދާލުވީ ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމަގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނޭ ގޮތްތައް ހޯދުން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމައުގެ ތެރޭގައި ސާމިލުވެ އުޅެވޭނެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމުއިއްޔާތަކުގެ ދައުރު އިތުރުކޮށްދިނުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމައުގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނޭ ގޮތްތައް ހޯދުން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމައުގެ ތެރޭގައި ސާމިލުވެ އުޅެވޭނެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުގެ ދައުރު އިތުރުކޮށްދިނުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި އަމިއްލަ އެދުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ޑިސްއެބިލިޓީ އޮނަރަރީ އެމްބެސެޑަރެއްގެ ގޮތުގައި މިއަދު ހަމަޖެހިގެންދިޔަ އަހުމަދު ހިޝާންގެ މަސައްކަތުގެ މައްޗަށްވެސް ނައިބު ރައީސް އަލިއަޅުއްވާ ލައްވާފައި ވެއެވެ.

ރިވެލި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަގްސަދުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މާލޭގައި ބާއްވާ މައުރަޒެކެވެ. މި މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒުން ފާހަގަކޮށްލެވުނު ބައެއް ތަކެތި ބައިވެރިކުރި ފަރާތްތަކަށް އިނާމު ދީފައިވެއެވެ.