ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ދިނީ އެ ކޯޓަށް އަބްދުﷲ ދީދީއާއި ޝުޖާއު އުސްމާން އައްޔަން ކުރެވުނު ހިސާބުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިހެން ވިދާޅުވީ އެ މަނިކުފާނާ ގުޅޭ ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ހިންގި ތަހުގީގުގައެވެ.

ފަނޑިޔާރު އަބްދުލް ޢަނީ ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ލިބުނީ އެ ކޯޓަށް އަބްދުﷲ ދީދީއައި ޝުޖާއު އުސްމާން އައްޔަން ކުރެއްވި ހިސާބުންކަމަށެވެ.

އަބްދުﷲ ދީދީއާއި ޝުޖާއު އުސްމާނާ ހައިކޯޓަށް އައި ހިސާބުން އަޅުގަނޑުމެން ޖެހުނީ ފުރައިގެން ދާން. އަޅުގަނޑުމެންނަށް ވޭތިވެދިޔަ ހުރިހާ އަހަރުތަކެއްގައި ނުލިބިހުރި ހުރިހާ ހައްގުތަކެއް އަބްދުﷲ ދީދީމެން އައިސް އެވަގުތު އެތާ ތިބި ފަނޑިޔާރުންނަށް މިސާލަކަށް އޭރުތިބި ފަނޑިޔާރުންނަށް ފްލެޓްތައްވެސް ދިނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ދިން ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރުކަންވެސް ކުރިން ކުރައްވާފައިވާ އަބްދުލްޣަނީ މުހައްމަދު، ޖޭއެސްސީގެ ތަހުގީގައި ވިދާޅުވެފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް ފްލެޓެއް ހޯއްދެވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ވަނީ ޖޭއެސްސީގެ ސަމާލުކަމަށް އައިސްފައެވެ.

ޖޭއެސްސީގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައި ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅުމުންނެވެ. މި މައްސަލައިގައި ވާ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ލަފާފުޅަކަށް އެދިވަޑައިގެން ފަނޑިޔާރު އަބްދުއްރައޫފުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަނީ ހުށަހެޅުއްވުމުންނެވެ. ޖޭއެސްސީން ރޭ ނިންމާފައިވަނީ ފަނޑިޔާރު ރައޫފާ ގުޅޭ ގޮތުން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ރައީސަށް ލަފާ އެރުވުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ އަބްދުލްޣަނީ މުހައްމަދުގެ ތަހުގީގު ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތަށް ހައިކޯޓުގެ ބައެއް ފަނޑިޔާރުންނަށް ގާކޮށިން ފްލެޓް ލިބިވަޑައިގެންފައިވެ އެވެ. މިގޮތުން ގާކޮށިން ފްލެޓް ލިބިވަޑައިގެންނެވި ފަނޑިޔާރުންގެ ތެރޭގައި ދާދި ފަހުން މަގާމުން ވަކިކުރި އަބްދުﷲ ދީދި ހިމެނިވަޑައިގަންނަވަ އެވެ. އަދި މީގެއިތުރުން ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު ޝުޖާއު އުސްމާނަށްވެސް ގާކޮށިން ފްލެޓް ލިބިވަޑައިގެންފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ދީދީއާއި ޝުޖާއު އުސްމާން ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަންކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

މި ތަހުގީގަށް ފަހު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓް މަޖިލީހުން މިހާރު އާއްމުކޮށްފައި ވާއިރު މި ރިޕޯޓުގައިވާ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތަހުގީގު ބަޔާނުގައިވާ ގޮތުން،