ޗައިނާގައި މުސްލިމުން ބަންދުކޮށްގެން ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ނުސީދާ ގޮތުން އިޝާރާތްކޮށް އެމެރިކާގެ އަންހެންކުއްޖަކު، ޗައިނާއިން ކޮންޓްރޯލް ކުރާ ސޯޝަލް ނެޓްވާކް ޕްލެޓްފޯމް – ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބެން ފަށައިފިއެވެ.

މި ވީޑިއޯ ފެށިގެން އަންނަނީ ރީތިވާނެ ޓިޕްތަކެއް ދެނިކޮށެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، 'ގައުމަކުން ހިންގާ ނަސްލު ދޮވެލުމުގެ' ޖަރީމާއަށް މީހުން ހޭލުންތެރިކުރުވުމުގެ މެސެޖަކަށް އެ ވީޑިއޯގެ މައުލޫ ނުސީދާ ގޮތުން ބަދަލުކޮށްލައެވެ.

ފީރޯޒާ އަޒީޒް ނަމަކަށް ކިއާ، ފުރާވަރު އުމުރުގެ މި އަންހެން ކުއްޖާ ޕޯސްޓްކުރި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުމާއެކު، ޗައިނާގެ ޓިކްޓޮކް ކުންފުނިން އޭނާގެ އެކައުންޓް ބްލޮކް ކޮށްފައިވާކަމަށް ބުނެ އޭނާ ވަނީ ޓްވީޓްއެއް ކޮށްފައެވެ.

ޓެރަރިޒަމްގެ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ ޓިކްޓޮކް ކުންފުނިން މިމަހުގެ 15 ވަނަ ދުވަހުވެސް ވަނީ ފީރޯޒާގެ އެކައުންޓެއް ބަންދުކޮށްފައެވެ.

ކަންމިހެން އޮތްއިރު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޗައިނާއިން ވަނީ ފީރޯޒާގެ ސްމާޓްފޯނުވެސް ބްލޮކްކޮށްފައި ކަމަށް ބުނާ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.