ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ދެވަނަ ދައުރުގެ މުއްދަތު ޑިސެމްބަރު 5އަށް ދިގުކޮށްފިއެވެ.

މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފައިވަނީ މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި 51 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުން މަޖިލީހުގެ ދައުރު ނިންމައި ޗުއްޓީއަށް ދާން އޮތީ، އަންނަ ބުރާސްފަތި ދުވަހެވެ. ނަމަވެސް މުހިންމު ބިލްތަކާއި މައްސަލަތަކެއް ނިންމަން ހުރުމުން ރިޔާސަތުން ވަނީ ދައުރު އަންނަ ޑިސެމްބަރުބަރު ފަހަކަށް ދިގު ކުރުމަށް ވޯޓަށް އައްސަވާފައެވެ. މަޖިލީހުގެ ދައުރު ދިގުކޮށްފައި ވަނީ ހަފްތާއަކަށެވެ.

19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރު ދިގު ކުރުމަށް މިއަދު މެންބަރުން ފާސްކުރެއްވިއިރު، މި މަޖިލީހުގެ ފުރަތަމަ ދައުރުވެސް ވެސް ވަނީ ހަމަ މިފަދައިން ދިގުކޮށްފައެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިދިޔަ މޭ މަހު 18 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވާފައިވެއެވެ. އަދި މަޖިލިސް މެންބަރުން، މެންބަރު ކަމުގެ ހުވާ ވެސް ކުރެއްވީ މޭ 28 ވަނަ ދުވަހެވެ.