ރާއްޖޭގެ ސިޔާސީ މައިދާނަށް ނަޒަރު ހިންގާލާއިރު ސިޔާސީ ޕާޓީގެ ގޮތުގައި 10 ޕާޓީ އަދި އުފެއްދުމުގެ މަގުމަތީގައި އިތުރު 2 ޕާޓީ އެބައޮތެވެ.

ރާއްޖޭގައި 9 ސިޔާސީ ޕާޓީ އޮތް އިރު މީގެ ތެރެއިން އެންމެ ބޮޑީ، މިހާރު ވެރިކަން ކުރާ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އެވެ. ދެވަނަ އަށް އެންމެ ބޮޑީ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ. ތިން ވަނަ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތް އިރު، ހަތަރު ވަނައަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ފަސް ވަނަ އަށް އޮތީ އަދާލަތު ޕާޓީ (އޭޕީ) އެވެ.

ރާއްޖޭގައި އޮތް ހަ ވަނަ އަށް އެންމެ ބޮޑު ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ. އެއަށްފަހު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އެވެ. މީގެ އިތުރުން ސަންރައިޒް ޕާޓީ އަދި ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ދެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް:

  • އެމްޑީޕީ: 53694 މެންބަރުން
  • ޕީޕީއެމް: 36831 މެންބަރުން
  • ޖޭޕީ: 10726 މެންބަރުން
  • އެމްޑީއޭ: 8805 މެންބަރުން
  • އޭޕީ: 6554 މެންބަރުން
  • ޕީއެންސީ: 4367 މެންބަރުން
  • އެމްޓީޑީ: 3498 މެންބަރުން
  • ލޭބާ ޕާޓީ: 3004 މެންބަރުން
  • ޑީއާރްޕީ: 2985 މެންބަރުން
  • އެމްއާރްއެމް: 3313 މެންބަރުން

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ އެމްޑީޕީގައި ބައި ލައްކަ މެންބަރުން ތިބެއެވެ. ނަމަވެސް ވޭތުވެދިޔަ ހަ މަސްތެރޭގައި އެޕާޓީން 608 ވަކި ވެފައިވެއެވެ. ހަ މަސް ކުރިން އެ ޕާޓީގައި 54،302 މެންބަރުން ތިބިއެވެ.