ރާއްޖޭގެ ދިފާއީ ބާރުތަކުން ދަނީ އަނދިރި ދައުލަތަށް ބައިއަތު ހިފަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގު ކުރައްވާ ގާނޫނު ނުދެމެހެއްޓިއަސް އެންމެ ރަނގަޅު ކަމަށް ބުނާ ހިޔާލެއް ދިވެހިންގެ ހިތްތަކަށް ވަނދެފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަން، ވަރިހަމަކަން އަދި އަޅާ ނުލާކަން އާންމުވެގެން މިދަނީ މި ވިސްނުމާއި އަނދިރި ދައުލަތުގެ ސަބަބުން ކަމަށެވެ.

ކުޑަކުދިންގެ ހައްގުތަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހިންގެ އަމަން ބަލަހައްޓަން ތިބޭ މީހުންނާއި އާންމު މަސްލަހަތު ބަލަހައްޓަން ތިބޭ މީހުން، މި މައްސަލަތައް ނުބަލައި ދޫކޮށްލަނީ އެމީހުން އަނެއް ފަލްސަފާއަށް ލެނބި، އަނދިރި ދައުލަތަށް ބައިއަތު ހިފުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ މިދަނީ ހަރާބުގެ މަގަށް ކަމަށާއި، ރާއްޖެ ސަލާމަތް ކުރަން އެދޭ ނަމަ، މި ނިދިން ހޭލާ، ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދަން އެބަ ޖެހޭ ކަމަށެވެ. އަދި ދިވެހިން މިތިބި ހަތަރު އަނގޮޅިން ހަރާބުގެ މަގު އިހްތިޔާރު ކޮށްފިނަމަ، ރާއްޖެ ގެއްލިދާނެ ކަމަށާއި މިކަން ހައްލު ކުރުމުގެ ރާސްތާ ދެނެގަން، އެ މަގު ހޯއްދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، 13 އަހަރުގެ ކުއްޖަކާ މީހަކު އިނދެފައި އޭނާއަށް އެ ކައިވެނި ކޮށްދިން މީހުން އޭނާ އަތަށް ސެޓްފިކެޓެއް ދީފައި ގޯއްޗަކަށް ބޭނުންވީމައި، އެ ސެޓްފިކެޓް ސަރުކާރުގެ ވުޒާރާއަކަށް ހުށަހެޅުމުން އެ ބަލައިގެންފައިވާ ވާހަކަ އިއްޔެވެސް އިވި ވަޑައިގެންނެވި ކަމަށެވެ. އަދި މިއީ އަނދިރި ދައުލަތަކުން، މުޅިން އެހެން ނިޒާމަކުން ކުރާ ކަމެއް ކަމަށާއި، މި އަނދިރި ދައުލަތުން ދިވެހިންގެ ޝަރުއީ ނިޒާމާއި ގާނޫނުތަކާއި ވާދަ ކުރަމުންދާ ކަމަށެވެ.