މާލޭގެ ގެއެއްގެ ހަތްވަނަ ފަންގިފިލާއިން އެގޭ ލިފްޓު ގޮޅިއަށް ބިދޭސީއަކު ވެއްޓި އޭނާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގިގާފައިވާ ކަން ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 3:33 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގެ މާފަންނު ގެއެއްގެ ހަތްވަނަ ފަންގިފިލާއިން ދޮންނަމެޝިނެއް ލިފްޓު ގޮޅިން ބާލަން އުލޫމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. ދޮންނަމެޝިނު ބާލަން އުޅުމުގެ ތެރޭގައި ބިދޭސީއަކު ވެއްޓި، އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ބިދޭސީ މިހާ މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިމަހުގެ 16 ވަނަ ދުވަހުވެސް ވަނީ ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓި މަރުވެފައެވެ. މިނ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. ހެންވޭރު ގެއެއްގެ ވައިގޮޅިއެއްގެ ތެރޭގައި މި ޒުވާނާ މަރުވެފައި އޮއްވާ ފެނިފައިވާ އިރު އޭނާ މަރުވީ އެ ވައިގޮޅި ތެރެއަށް ވެއްޓިގެން ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.