ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެގައި ހިނގި މާރާ މާރީއެއްގައި އެ ދޯނީގައި ހުރި މީގެއްގެ ގައިގައި ވަޅި އަޅާ ކަނޑަށް އެއްލާލި މައްސަލައިގައި އެކަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރީ އެހާދިސާގައި ޒަހަމަ ވި މީހާއަށް ހަމަލާ ދިން މީހާ ކަމަށެވެ.

"ދަ ޕްރެސް" އަން އެނގިފައިވާ ގޮތުން ރޭ އެ ހާދިސާ ހިނގީ ދީނީ މައްސަލައެއްގައި އުފެދުނު ހިޔާލު ތަފާތުވުމެއްގައެވެ.

އެ ހާދިސާގައި ޒަހަމްވި މީހާ މާލެ ގެނެސް ފަރުވާ ދެމުން ދާއިރު، އޭނާގެ ގައިގެ އެކި ތަންތާ ވަނީ ވަޅި އެޅިފައެވެ.

އެ ހާދިސާގައި ޒަހަމްވި މީހާ ސަލާމަތް ވާން ދޯނިން ފުންމާލައި ރޭ ވަނީ އއ މާޅޮހަށް އަރާފައެވެ.

ރޭ ހިނގި އެނހާދިސާގައި ލަނޑާ ނަގަން އުޅުނީ ރ މަޑުއްވަރީ ދޯންޏެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ދޯނީގައި ތިބި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ، އެމައްސަލައާ ގުޅުން ހުރި ފަރާތްތަކާ ސުވާލު ކޮށް މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.